ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ ބޮޑު ހިނގާލުން މިއަދު (20 އޭޕްރީލް 2024 ) ހަވީރު އޮންނާނެ ކަމަށް އެ ޕާޓިން ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ ޕީއެންސީގެ ލީޑަރ އަދި ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ހިނގާލުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އަދި އެޕާޓީގެ ހުރިހާ ދާއިރާއެއްގެ ކެންޑިޑޭޓުންނާއި ސަޕޯޓަރުންވެސް މި ހިނގާލުމުގައި ބައިވެރިވެ ވަޑައިގަންނަވާނޭ ކަމަށްވެސް އެ ޕާޓިން ބުނެފައިވެއެވެ.
މީގެއިތުރުން މި ހިނގާލުމުގައި ބައިވެރިވުމުށް ފިޔާތޮށި ނުވަތަ ވިލުނޫ ކުލައިގެ ހެދުމެއްގައި އައުމަށްވެސް އެ ޕާޓީގެ ޕޯސްޓްގައި ބުނެފައިވެއެވެ.
މި ހިނގާލުން ފަށަނީ ހަވީރު 3:30 ގައި މާފަންފު ރަސްފަންނުންނެވެ. އަދި ނިމޭނީ ހަވީރު 5:30 ގައި ހެންވޭރު އާރޓިފިޝަލް ބީޗުންނެވެ.