އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިއެސްއެފްޑީ) އިން ބާއްވާ އަހަރީ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވުނު މި ބައްދަލުވުމުގައި ބައިވެރިވުމަށް މިނިސްޓަރ އޮފް ފިނޭންސް، ޑރ.މުހައްމަދު ޝަފީގް އަދި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ވަޑައިގަތެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދެ މިނިސްޓަރުންވެސް ވަނީ އިސްލާމިކް ސޮލިޑޭރިޓީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ ޑިރެކްޓާ ޖެނެރަލް، ޑރ، ހިބާ އަހްމަދުއާއި ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ އިސްލާމިކް ފައިނޭންންސް ވަރުގަދަކޮށް ފުޅާކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. މީގެއިތުރުން ރާއްޖޭގައި އަލަށް އިފްތިތާހް ކުރެވުނު ޒަކާތު ހައުސްއާއި މެދުވެސް މަޝްވަރާ ކުރެވުނެވެ.