ފަރެސްމާތޮޑާ ދާއިރާގެ ގޮނޑިއަށް އަޝްރަފް ރަޝީދު ހޮވުމުގެ އުފަލުގައި ގދ. ފަރެސްމާތޮޑާގައި ހާއްސަ އިވެންޓެއް ކުރިއަށް ގެންގޮސްފިއެވެ.

އެރަށު ޕިކްނިކް އޭރިއާގައި ކުރިއަށްދިޔަ މި އިވެންޓްގައި އެ ދާއިރާއަށް ނިސްބަތްވާ ފިޔޯރި އަދި ރަތަފަންދޫގެ ގިނަ އަދަދެއްގެ ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ.

އިއްޔެ ހަވީރު ކުރިއަށް ދިޔަ މި އިވެންޓްގައި އިންތިހާބީ މެންބަރ އަޝްރަފް ރަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެއެވެ.

އަދި އެކުވެރި މާހައުލަކުން ނިއްމާލެވުނު މި އިވެންޓަށްފަހު ފިޔޯރި އަދި ރަތަފަންފޫ ރައްޔިތުން ފަރެސްމާތޮޑާއިން ފުރާފައިވަނީ އެ ރަށު ދެ ދޯނީގައެވެ.

ވިހިވަނަ ރައްޔިތުންގެ މަޖްލިސްގެ ފަރެސްމާތޮޑާ ދާއިރާ ގޮނޑި އަޝްރަފް ރަޝީދު ކާމިޔާބު ކޮށްފައިވަނީ ޕީއެންސީގެ ޓިކެކްގައި ވާދަކޮށް 1421 ވޯޓް ހޯއްދަވައިގެންނެވެ.