މަޖިލިސް މެންބަރުންގެ މުސާރަ އަލުން ރިވިއު ކުރަން ޖެހޭކަމަށް ހިތަދޫ މެދުދާއިރާގެ މަޖިލިސް މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ ރޭ އައްޑޫގައި އަޒާން އިންތިހާބު ވުމާއި ގުޅިގެން ބޭއްވުނު ޖަލްސާގައެވެ. މި ޖަލސާގައި އަޒާން ވިދާލުވީ ރައީސުލް ޖުމްހޫރިއްޔާގެ މުސާރަވެެސް، އަދި ވަޒީރުންނާއި މިޖިލިސް މެންބަރު މުސާރަ ވަކި މިންގަނޑެއް ތެރޭގައި ކަމަށެވެ. އަދި އާއްމު ރައްޔިތުން އެތަށް އަހަރެއް ވަންދެން މަސައްކަތް ކުރާއިރުވެސް ކުޑަ މުސާރައެއް ލިބޭއިރު މަޖިލިސް މެންބަރުންނަށް ބޮޑު މުސާރަ ލިބިގެން ނުވާނެކަމަށެވެ. އަޒާން ވިދާޅުވީ ރައްޔިތުނަން ފައިސާއިން ރައްޔިތުންނަށް ނުލިބޭ އެއްވެސް ހިދުމަތެއް މަޖިލިސް މެންބަރުންނަށް ލިބިގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން އަޒާން ވިދާޅުވީ ރައްޔިތުންނަށް ނުލިބޭ އެއްވެސް ވީއައިޕީ މެޑިކަލް ސާވިސްއެއް އެއްވެސް މީހަކަށް ލިބުމަކީ ގަބޫލުކުރެވޭ ގޮތެއް ނޫންކަމަށެވެ. ރައްޔިތުން މިއަދު ބޮޑުބައްޔަކަށް ފަރުވާ ކުރުމަށް ބޭރުގައުމަކަށް ދިއުމަށް ސަލާން ޖަހަން ޖެހޭ އިރު ރައްޔިތުންގެ ފައިސާ ހަރަދު ކޮށްގެން އެއްވެސް ބަޔަކަށް ހާއްސަ އިންޝުއަރެންސް އެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި މަޖިލިސް މެންބަރުންނަށް ހާއްސަ ސިއްހީ ހިދުމަތް ދެވެން ޖެހޭނީ ރައްޔިތުންނަށް އެ ހިދުމަތްތަށް ކަށަވަރު ވީދުވަހަކުން ކަމަށެވެ.