ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އޮޕެކް ފަންޑްގެ ރައީސް އަބްދުލްހާމިދް އަލްޚަލީފާއާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދިވެހި ރާއްޖޭގެ ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގް ވެސް ބައިވެރިވެ ވަޑައިގަތެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އޮޕެކް ފަންޑާއި އޮތް ގުޅުމާއި މެދު މަޝްވަރާ ކުރެވުނެވެ. އަދި މުސްތަގުބަލުގައި ފަންޑާއި ދިވެހިރާއްޖެއާއި ދެމެދު ބޭއްވޭނެ ގުޅުމާއި މެދުވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.