މޫސުން ގޯސްވުމުން ށ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން، ހުދު ސަމާލު ނެރެފިއެވެ.

އެ ސަރަހައްދަށް ހުދުސަމާލު ނެރެފައިވަނީ ރޭ ދަންވަރު 3:40 އިން ފެށިގެން ހެނދުނު 10:30 އާ ހަމައަށެވެ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ހުދު ސަމާލު ނެރެފައިވާ ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށެވެ.

މީގެއިތުރުން މީގެ ދިހަ ގަޑިއިރު ކުރިންވެސް މެޓުން ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރައްވާ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައެވެ.