ކޮވިޑް ޖެހިގެން ގއ. ވިލިނގިލީގެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.

މާލެއިން ބޭރުން ކޮވިޑް ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު ނިޔާވެފައި ގއ. ދެއްވަދޫ އިން ކޮވިޑް ފެތުރި، ވިލިނގިލި ފެސިލިޓީއަށް ގެނައި މީހެކެވެ. އެ ފެސިލިޓީން މައުލޫމާތު ދެމުން ބުނެފައިވަނީ ނިޔާވެފައި ވަނީ، ގއ. ދެއްވަދޫ، އުތުރުގެ، ތުއްތު އިބްރާހިމް ކަމަށެވެ.

ފެސިލިޓީގެ މެނޭޖަރު ޝަރީފް އަހުމަދާ ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ތުއްތު އަކީ ސްޓްރޯކެއް ޖެހި ގިނަ ދުވަސް ވަންދެން އެނދުމަތި ކޮށްފައިވާ ފަރާތެއް ކަމަށެވެ. އަދި ތުއްތު އެ ފެސިލިޓީ އަށް ގެނައި އިރުވެސް ފުއްޕާމެއަށް އަސަރުކޮށްފައިވުމުގެ ސަބަބުން ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.