ޅ. ނައިފަރުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ނައިފަރަށް މަސްތުވާތަކެތި އެތެރެ ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން މިދިޔަ މަހު 28ގައި ފުލުހުން އެރަށުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި 29 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ. އެ ރަށުގެ ގެއެއްގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެނެސް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ލަފާކުރެވޭ 19 ރަބަރު ޕެކެޓު އެމީހާގެ ކިބައިން ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އަށް ދުވަހަކަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.