ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، އައްޝައިޚް ތަޙްނޫން ބިން މުޙައްމަދު އަލް ނަޙްޔާން އަވަހާރަވުމާ ގުޅިގެން، ޔޫ.އޭ.އީގެ ރައީސް ހިޒް ހައިނެސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންއަށާއި، ޔޫ.އޭ.އީގެ ރައްޔިތުންނަށާއި، މަރްހޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޕްލެޓްފޯމް "އެކްސް" ގައި ޕޯސްޓް ކުރަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޝައިޚް ތަހުނޫންގެ ލީޑަރޝިޕާއި ބުއްދިވެރިކަމުގެ ތަރިކައަކީ ޔޫ.އޭ.އީއަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ލިބުނު ހިތްވަރެއްކަމުގައެެވެ.

ވާހަކަފުޅު ނިންމާލަމުން ޝައިޚް ތަހުނޫން ބިން މުޙައްމަދު އަލް ނަޙްޔާންގެ ފުރާނަފުޅަށް ރައީސުލްޖުމްހޫރިއްޔާ ހެޔޮ ދުޢާ ކުރައްވާފައިވެއެވެ. އަދި މިހިތާމައިގެ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުވާލެެއްވިއެވެ.

ޝައިޚް ތަހުނޫން ބިން މުޙައްމަދު އަލް ނަޙްޔާން އަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ އާއިލާގެ އިއްޒަތްތެރި މެންބަރެއްގެ ހައިސިއްޔަތުން ޔޫއޭއީގެ ސަގާފީ ތަރިކަ އާއި އިޖުތިމާއީ ކުރިއެރުން ބައްޓަން ކުރުމުގައި ޝައިޚް ތަހްނޫން ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.