މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ގިނަވުމާ ގުޅިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ފޮގް ކުރުމުގެ މަސައްކަތް ހައުސިން ޑެެވެލޮޕްމަންޓް ކޯޕަރޭޝައަން (އެޗްޑީސީ) އިން ފަށައިފިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގައި މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ކަމަށްވާ ޑެންގީ ހުމާއި ޗިކުންގުންޔާގެ ގިނަ އަދަދެއްގެ ކޭސްތަކެއް ފެތުރޭ ދުވަސް ވަރެކެވެ. އެގޮތުން އެޕްރީލް މަހު 78 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވެއެވެ. އެޗްޕީއޭއާއި ހެލްތު މިނިސްޓްރީން ދަނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކުރަމުންނެވެ.