ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގުރާމުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިކަން ހާމަކުރައްވާ މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ އެ މިނިސްޓްރީގެ ފޭސްބުކް ޕޭޖުގައި ޕޯސްޓެއް ކުރައްވާފައެވެ.

އިއްޔެ ކުރިއަށްދިޔަ މި ޕްރޮގްރާމަކީ ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގުރާމެކެވެ.

މި ތަމްރީނުު ޕްރޮގްރާމުގެ ފުރަތަމަ ދަންފަޅީގެ ސެޝަންތައް ނަންގަވައިދެއްވީ އެސިސްޓަންޓް ޓްރެޝަރީ މެނޭޖްމަންޓް އެގްޒެކެޓިވް، ހިޝާމް ރަފީގާއި އެސިސްޓަންޓް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވް، ސަމްހާ އަބްދުއްރަހީމެވެ.

އަދި ދެވަނަ ދަންފަޅީގެ ސެޝަން ނަންގަވައިދެއްވީ ރިސަރޗް އެސިސްޓަންޓް ޓު ޖައިކާ އިކޮނޮމިކް ޕޮލިސީ އެޑްވައިޒަރ، އައިމިނަތު އަފްނާން ހަނީފެވެ.

މީގެއިތުރުން މި ޕްރޮގުރާމު ނިންމުމުގެ ރަސްމިއްޔާތުގައި އެކައުންޓަންޓް ޖެނެރަލް މުހައްމަދު އާޒާދާއި، މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުން އަހުމަދު އައިމަން، މުޙައްމަދު އަނަސް އަދި އަހުމަދު އަޖުވަދުގެ އިތުރުން އާއިޝަތު އުމައިމާ އަދި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްއުސްތާޒާ އާއިޝަތު ރިއުޝާނާވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަދި މި ރަސްމިއްޔާތުގައި މި ތަމްރީނު ޕްރޮގުރާމު ފުރިހަމަކުރި ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ.