އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް 1 އަހަރުގެ އަޕްގްރޭޑިންގ ޕްރޮޖެކްޓެއް ފެށުމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އެމްޑަބްލިއުއެސްއީ އާއި ހަވާލު ކޮށްފިއެވެ.

މިއަދު ހެދުނު ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ވާޣޮތުން އައްޑޫ ސިޓީގެ އާބާދީ ބޮޑުވުމާއި ގުޅިގެން އައްޑޫ ސިޓީއަށް ފެނުގެ ދަތިތަކާއި ކުރިމަތި ވަމުން އެބަދެއެވެ. އަދި މިދިޔަ ފަސް އަހަރުގެ ތެރޭގައި އައްޑޫ ސިޓީއަށް ބޭޏުންވާ މަރާމާތުގެ މަސައްކަތްތަށް ކުރިއަށް ގެންގޮސްފައި ނުވުމުގެ ސަބަބުން އައްޑޫ ސިޓީގެ ފެނުގެ ހާލަތު ވަނީ ދަށައް ގޮސްފައެވެ. ވީމާ މިކަން ކަމަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން 1 އަހަރުގެ އަޕްގްރޭޑިންގެ ޕްރޮޖެކްޓްއެއް އައްޑޫ ސިޓީގައި ހިންގުމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ އެމްޑަބްލިއުއެސްއީ އާއި ހަވާލު ކޮށްފައެވެ.

ފެނަކައިން ވިދާޅުވިގޮތުގައި މި ޕްޮޖެކްޓް ނިމިގެންދާއިރު އައްޑޫސިޓީއަށް ދިމާވެފައިވާ ފެނުގެ މައްސަލަތަށް ހައްލުވާނެއެވެ. އަދި މިހާރު ވެސް ފެނަކައިން އައްޑޫ ސިޓީގައި ކުރިއައްގެންދާ މަސައްކަތްތަކަށް މެދުކެނޑުމެއް ނާންނާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.