ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މިއަދު ހެނދުނު މާރާމާރި ހިންގި ބިދޭސީ މީހާ ދޫކޮށްލައިފިއެވެ.

އެމެރިކާއަށް ނިސްބަތްވާ މި މީހާ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހާދިސާ ހިނގި ވަގުތު ތިބި މީހުން ބުނާގޮތުގައި މާރާމާރީ ހިންގާފައި ވަނީ އެއާލައިނުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ލަގެޖު ބަރުވުމުން 30 ޑޮލަރު އިތުރަށް ދައްކަން ޖެހިގެން ރުޅިގަދަވުމުގެ ސަބަބުން އެއާޕޯޓުގެ މުވައްޒަފުން އެކަން ހައްލުކުރުމަށް އޭނާއާ ވާހަކަ ދައްކަމުން ދަނިކޮށެވެ.

ޒުވާބަކަށް ވެގެން އެޕެސެންޖަރު އެންމެހަން މުވައްޒަފުގެ މޫނު މަތީގައި ޖަހައި ބިންމައްޗަށް ވައްޓާލާ އިތުރު މީހަކަށް ވެސް ހަމަލާ ދިންކަމަށްވެއެވެ. އެއަށް ފަހު އެނާ ދުރަށް ޖައްސާފައި ވަނީ ފުރަން ގޮސް ހުރި އެހެން ފަސިންޖަރެކެވެ.