ބޯކޮށްވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރައްވާ ރާއްޖޭގެ ބޮޑުބަޔަކަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މި ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.

ހެނދުނު 7:15 އިން ފެށިގެން މެންދުރު 13:00އާ ހަމައަށް ނެރުނު މި ހުދު ސަމާލުގައި މެޓުން ބުނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެއިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށް މެޓުން ބުނީ ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައިކަމަށްވެސް މެޓުން ބުނެފައިވެއެވެ،

އެ އިދާރާއިން ވަނީ ބޯކޮށްވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.