ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ ސިޔާދަތު ދެމެހެއްޓުމަށް ވައުދުވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ރާއްޖޭގައި ކުރިން ތިން ޕްލެޓްފޯމެއްގައި ތިބި 90 އެއްހާ އިންޑިއާ ސިފައިން އަނބުރާ އިންޑިއާއަށް ފޮނުވާލައިފިއެވެ.

މިކަން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވަނީ މީޑިއާއަށް ދެއްވި ބަޔާނެއްގައި ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް މުޢިއްޒު މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އިސްތިޤްލާލުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ބޭރުގެ ހުރިހާ ސިފައިން އަނބުރާ ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ރާއްޖެއާއި އިންޑިޔާ ސަރުކާރާއި ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ހުރިހަ ސިފައިން ކާމިޔާބުކަމާއެކު އަނބުރާ ގެންދިއުމަށް މަގުފަހިވެ، މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ މަސައްކަތް ނިންމުމަށް އެއްބަސްވުމެއް އެކުލަވާލެވުނެވެ.

މައިގަނޑު ގޮތެއްގައި މެއިންޓެނެންސްގެ މަސައްކަތުގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން ސްޓްރެޓެޖިކް ގޮތުން ތިބީ ރާއްޖޭގެ ތިން ސަރަހައްދެއްގައެވެ. މުޅި މާޗް މަހާއި އޭޕްރީލް މަހުގެ ތެރޭގައި، ސިސްޓަމެޓިކް ރީޑިޕްލޮއިމަންޓް ޕްރޮސެސްއެއްގެ ތެރެއިން މި ސިފައިން އެނބުރި ގައުމަށް ދިޔައެވެ. މިހާރު ތިން ޕްލެޓްފޯމުގައި ތިބި ހުރިހާ ސިފައިން ވަނީ އަނބުރާ އިންޑިޔާ އަށް ގޮސްފައެވެއެވެ.