އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ އެމްޑީ މުޖުތަބާ ލަތީފާ ބައްދަލުކުރައްވައިފިއެވެ.

އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދު އެމްއޭސީއެލްއާ އެއްކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެމްއޭސީއެލްގެ ޑެޕިއުޓީ އެމްޑީގެ އިތުރުން އެ ކުންފުނީގެ ބައެއް އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ދެ ކުންފުނީގެ ދެމެދުގައި ބޭއްވި ބައްދަލުވުމުގައި ދެ ފަރާތަށް ފައިދާވާނެ ފަދަ ޕްރޮޖެކްޓުތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. އޭގެ އިތުރުން ކުރިއަށް އޮތް ތަނުގައި ދެ ކުންފުނިން ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއުތަކާ ބެހޭ ގޮތުން ވަނީ ވާހަކަދައްކާފައެވެ.

ދެ ކުންފުނީގެ މެދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމަކީ ރާއްޖޭގެ ދަތުރުފަތުރު ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.