ދަރަނީގެ މައްސަލައަށް ސަމާލުވުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ރާއްޖެއަށް އަންްގައިފިއެވެ.

ރާއްޖެއަށް ކުރަމަތި ވެފައިވާ ދަރަނީގެ މައްސަލައަށް ސަމާލުވުމަށް އައިއެމްއެފްއިން އެންގީ މިދިޔަ ހޯމަ ދުވަހުއެވެ.

ރާއްޖޭގެ ދަރަނީގެ އެންމެ ބޮޑު ބައި ހިއްސާ ކުރާ ފަރާތަކީ ޗައިނާއެވެ.

2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭ ދަރަނީގެ 25.2 އިންސައްތަ ހިއްސާކުރަނީ ޗައިނާގެ އެކްސްޕޯޓް އެންޑް އިމްޕޯޓް ބޭންކުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެ ބޭރު ގައުމުތަކަށް ދަރަނި ވެފައިވާ އަދަދު ވަނީ 4 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. މި އަދަދަކީ ރާއްޖޭގެ ޖީޑީޕީއަށްވުރެ 118 އިންސައްތަ ބޮޑު އަދަދެއް ކަމުން ރާއްޖޭގެ ދަރަނީގެ މައްސަލައަށް އަވަސް ހައްލެއް ގެނައުން ވަރަށް މުހިއްމެވެ.

2022 ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް ރާއްޖޭގެ ދަރަނި ވަނީ 250 މިލިއަން ޑޮލަރު އިތުރުވެފައެވެ. މި ރޭޓުން ދަރަނި ގިނަ ވާ ނަމަ ރާއްޖެއަށް މާލީ ގޮތުން ބޮޑެތި ފިއްތުންތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން ދަރަނީގެ މައްސަލައަށް ހައްލެއް ގެނައުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.