ޔޫއޭއީގެ ފުޖައިރާގެ ޝަރީއާ ކޯޓުގައި ހިނގި އާދަޔާ ހިލާފު މައްސަލައެއްގައި އަންހެނަކު އޭނާގެ ފިރިމީހާގެ ކިބައިން ވަރިވާން އެދުނީ ފިރިމީހާގެ ލޯތްބާއި އޯގާތެރިކަމަކީ މައިގަނޑު ސަބަބެއް ކަމަށް ބުނެއެވެ.

އަނބިމީހާ ބުނާ ގޮތުގައި ފިރިމީހާގެ އަބަދުވެސް އޮންނަ ލޯތްބާއި ނުހަނު އެއްބާރުލުމުގެ ސަބަބުން އޭނާގެ ދިރިއުޅުން ކެތްނުކުރެވޭ ވަރުވެއްޖެ ކަމަށެވެ.

އެ އަންހެން މީހާ ބުނީ އޭނާގެ ފިރިމީހާ ދުވަހަކުވެސް އޭނާއާ ދިމާލަށް ހަޅޭއްލަވާފައި ނުވާ ކަމަށާއި އަދި އެއްކަމަށްވެސް އިންކާރު ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި ގޭތެރޭގެ މަސައްކަތްތަކުގައި ގިނަގިނައިން އެހީތެރިވެ، އެކަމަނާއަށް ޓަކައި މީރުތަކެތި ކެއްކުމާއި، އިޚްލާޞްތެރިކަން އިންތިހާއަށް ބެހެއްޓި ކަމަށެވެ.

ކޯޓުގައި އަނބިމީހާ ބުނީ އަހަރެއްހާ ދުވަހުގެ ކައިވެންޏަކީ އެއްވެސް ދެބަސްވުމެއް ނެތް ކައިވެންޏެއްގެ ގޮތުގައި ސިފަކޮށް، އެއަށްވުރެ "ޑައިނަމިކް" އަދި އެހާ މަޑުމައިތިރިނޫން ގުޅުމަކަށް ހޯދުމުގެ ބޭނުން އޭނާގެ ހިތުގައި އުފެދިއްޖެ ކަމަށެވެ.

ފިރިމީހާގެ ނަޒަރުގައި އޭނާ ގަބޫލުކުރީ އެނާ އަދާކުރީ އެންމެ ފުރިހަމަ ފިރިމީހާގެ ދައުރެވެ. އަނބިމީހާގެ އުންމީދުތައް ފުއްދައި ދެވޭނެކަމަށް ހީކޮށް އަނބިމީހާއަށް ލޯތްބާއި ސަޕްރައިޒްތަކާއި ހަދިޔާތައް އެނާ ގަވައިދުން ދިނެވެ. ނަމަވެސް ވަރިވާން އެދުމުން އޮޅުންބޮޅުންތަކާއި މާޔޫސްކަން ވެރިވެއްޖެ ކަމަށް ފިރިމީހާ ބުންޏެވެ އަދި އަނބިމީހާ ދަސްކުރަން ވަގުތު ބޭނުންވާ ކަމަށާއި މިސްޓޭކްތަކަކީ އުނގެނުމުގެ މަރުހަލާގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އެނާ ފަހަގަކުރިއެވެ.