ގުރައިދޫ ސްކޫލުގެ ކުދިންނަށް އަމާޒުކޮށްގެން ކޮމޯ ޖާނީސް ޕްރޮގްރާމުގެ އިވެންޓެއް ކުރިއަށް ގެންގޮސްފިއެވެ.

މަކުނުފުށި ނުވަތަ ކޮމޯ ކޮކޯ އައިލެންޑުގައި ކުރިއަށް ގެންދިޔަ މި އިވެންޓަކީ ކޮމޯ ޖާނީސް ޕްރޮގްރާމުގެ ތެރެއިން ގެންދިޔަ ހާއްސަ އިވެންޓެކެވެ. މި އިވެންޓު ކުރިއަށް ގެންގޮސްފައިވަނީ ކައިޓްސާފް ކުރުމުގެ ފަންނަށް މަޝްހޫރު ބޭފުޅެއް ކަމުގައިވާ ޔޫރީ ޒޫންއާ ގުޅިގެންނެވެ. އިވެންޓު ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަގްސަދަކީ ގުރައިދޫގެ ސްކޫލު ދަރިވަރުންނަށް އެކި ކަންކަމާ ބެހޭ މައުލޫމާތުދީ, އެ ކުދިންނަށް މަޖާ ދުވަހެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

އިވެންޓުގެ ހެނދުނުގެ ސެޝަންގައި ޔޫރީ ޒޫން ވަނީ އޭނާގެ ކައިޓްސާފް ކުުރުމުގެ ހުނަރުތަށް ދައްކާލައިފައެވެ. ޒޫން ވަނީ, އިވެންޓުގައި ބައިވެރިވި ކުދިންނަށް ކައިޓުސާފު ކުރުމާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށް, އެ ކުދިންނަށް ކައިޓުސާފު ކުރުމުގެ އެކި އުކުޅުތައް ދަސްކޮށްދީފައެވެ.

ކޮމޯ ޖާނީސް ޕްރޮގްރާމުގެ ތެރެއިން ގުރައިދޫ ސްކޫލު ދަރިވަރުންނަށް ގެންދިޔަ މި އިވެންޓު ނިންމާލުމުގެ ރަސްމިއްޔާތުގައި, އިވެންޓުގައި ބައިވެރިވި ހުރިހާ ކުދިންނަށް ވަނީ އިވެންޓު ފުރިހަމަ ކުރުމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މަކުނުފުށީގެ ރޫމުތަކުގެ ޑިރެކްޓަރު އަބްދުﷲ ވިސާމް ވިދާޅުވި ގޮތުގައި ކޮމޯ ޖާނީސް ޕްރޮގްރާމުގެ ދަށުން އިތުރު ކުދިންނާ ބައްދަލުކޮށް, މި ފަދަ އިވެންޓުތަށް ކުރިއަށް އޮތް ތަނުގައި ވެސް ބޭއްވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އޭގެ އިތުރުން އޭނާ ވަނީ ޔޫރީއާ ގުޅިގެން ކުރިއަށް ގެންދިޔަ މި އިވެންޓަށް ގުރައިދޫ ސްކޫލުގެ ދަރިވަރުންނާއި ޕްރިންސިޕަލް އަހްމަދު މުޖުތަބާގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާ ކޮށްފައެވެ.