ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޝަރަފުވެރި ލީޑިން އެއާޕޯޓް ހޮޓެލް ގެ ޓައިޓަލް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އީކުއޭޓާ ވިލެޖުން ހޯދައިފިއެވެ.

ދުބާއީގެ އަރަބިއަން ޓްރެވަލް މާކެޓުގައި މި މަހުގެ ހަވަނަ ދުވަހު ދިން މި އެވޯޑްއިން އެ ހޮޓަލުގެ އާދަޔާ ހިލާފު ހިދުމަތާއި ގެސްޓުންގެ ތަޖުރިބާ ދައްކުވައިދެއެވެ.

ދުނިޔޭގެ ޓްރެވަލް އެންޑް ޓުއަރިޒަމް އިންޑަސްޓްރީގައި 30 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ފަތުރުވެރިކަމުގެ އަދަޔާހިލާފު ހިދުމަތްތަށް ފާހަގަކުރުމުގެ ގޮތުން މަޝްހޫރުވެފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑަސްޓްރީގެ ފަންނުވެރިންނާއި އާންމުންގެ ވޯޓާއެކު ހަރުދަނާ ގޮތެއްގައި ހޮވުމުގެ މަރުހަލާއެއް ހިމެނެއެވެ.

ރިސޯޓް މެނޭޖަރު މުހައްމަދު ވަހީދު ވިދާޅުވީ މި ކާމިޔާބީއަކީ މުޅި އީކުއޭޓާ ވިލެޖް ޓީމް ގެ ބުރަ މަސައްކަތާއި އަމާނާތްތެރިކަން އަދި އަދި ކަސްޓަމަރުންގެ ޚިދުމަތާއި ތަޖުރިބާއަށް އެފަރާތްތަކުން ކެނޑިނޭޅި ދޭ ސަމާލުކަން ރަމްޒުކޮށްދިނުން އެވޯޑެއްކަމަށެވެ.

އީކުއޭޓަރ ވިލެޖަކީ ތާރީޚުން ފުރިފައިވާ، އައްޑުއަތޮޅުގެ ސަގާފަތުން މުއްސަނދިވެފައިވާ ހަމަހިމޭން ހޮޓެލްއެކެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން ފަސް މިނެޓުގެ ދަތުރަކަށް ވުމުން ފްލައިޓެއްގެ ކުރިން ނުވަތަ ފަހުން ތަޖުރިބާކޮއްލަން އީކުއޭޓަރ ވިލެޖަކީ ވަރަށް ފުރިހަމަ ހޮޓެލްކެވެ. ގޮނޑުދޮށު ބަގީޗާތަކަށް ހުޅުވިފައިވާ 78 ބަންގްލޯއާއެކު ހުންނަ މި ހޮޓެލްއަކީ ކައިރި ރަށްރަށާއި ކޯޒްވޭއަކުން ގުޅިފައިވާ ތަނެކެވެ.

ކައިރު ރަށްތައް ބަލާލުމަށް ގެސްޓުންނަށް ބައިސްކަލް ދުއްވުމުގެ ފުރުސަތު ލިބޭނެއެވެ. އީކުއޭޓަރ ވިލެޖުގައި ރިސެޕްޝަން އޭރިއާ، ރެސްޓޯރެންޓް، ބާ، ޕޫލް، މީޓިން އެންޑް ކޮންފަރެންސް ސްޕޭސް، ޖިމް އަދި ޓްރޮޕިކަލް ފްލާވާ މޮޓިފްތަކުން ޒީނަތްތެރިކޮށްފައިވާ ބީޗްފްރަންޓް ފަދަ ތަފާތު ވަސީލަތްތައް ހުރެއެވެ.