އެއާ ސާވިސް ވޯލްޑް ކޮންގްރެސް (އޭއެސްޑަބްލިއުސީ)ގެ ޕާޓްނަރުންނާ އެކު މޯލްޑިވްސް އެއާޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސޮއިކޮށްފިއެވެެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފު ވިދާޅުވީ، އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ އެހެން ގައުމުތަކުގެ އޭވިއޭޝަން ސެކްޓަރުގެ އިސް ފަރާތްތަކާ އެކު ގުޅުން ބަދަހިކޮށް ވިޔަފާރީގެ އިތުރު ފުރުސަތުތަކަށް ފަހިވެގެންދާނެ ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ހުރިހާ ފަރާތްތަކުން ހިފައި ކޮންގްރެސްގައި ބައިވެރިވުމަށް ޝަރީފް ގޮވައިލެއްވިއެވެ.

ނޫވިލު ސީޕްލޭން ޓާމިނަލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ޝަރީފު ވިދާޅުވީ، އާ ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރަން ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށާ އެކަމުގެ ސަބަބުން ޓޫރިޒަމް ސެކްޓަރު އިތުރަށް ފުޅާކުރެވޭނެކަމަށެވެ. އަދި މީގެ އަސަރުތަށް މުޅި އިގްތިސާދަށް ވެސް ފެންނާނެކަން އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހް އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ވެލާނާ އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށްގެން ދުނިޔޭގެ މަގްބޫލް މަންޒިލަކަށް ރާއްޖެ ހެދޭނެ ކަމަށާއި އެއީ ފެންނަން ވަރަށް ބޮޑަށް އެދޭ ބަދަލެއް ކަމަށެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 9 އިން 11 އަށް ކުރުނބާ މޯލްޑީވްސްގައެވެ. އެމްއޭސީއެލް އިން ބުނާގޮތުގައި އެ ކޮންގްރެސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ އޭވިއޭޝަން ދާއިރާގެ ބޭފުޅުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް ބެލެވޭ ކަަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.