ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް އެންޓް ކިއު އެޕްލިކޭޝަން މެދުވެރިކޮށް ކިއު ނަންބަރު ހޯދޭނެ އިންތިޒާމް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން ބުނީ މި ބަދަލަށް އަމަލުކުރަން ފަށާނީ މިއަދުން (19 މެއި 2024) ފެށިގެން ކަމަށެވެ. މި ބަދަލަކީ ވޯކް ވިސާއަށް އެދި ހުށަހަޅާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.
ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ނެގުމަށްޓަކައި “އޭންޓް ކިޔޫ” އެޕްލިކޭޝަން މެދުވެރިކޮށް ފަސް ޕާސްޕޯޓަށް ވުރެ މަދުން ޕާސްޕޯޓަށް އެދި ހުށަހަޅާނަމަ އެ ނަންބަރު ދޫކުރާނީ ހެނދުނު 09:00 އިން ރޭގަނޑު 10:30 އަށް ކަމަށާއި އެ ނަންބަރުތަކަށް ހިދުމަތް ދޭނީ ހެނދުނު 10:00 އިން މެންދުރުފަހު 15:00 އަށެވެ. އަދި ހަ ޕާސްޕޯޓަށް ވުރެ ގިނައިން ޕާސްޕޯޓް ދޫކުރާނަމަ ނަންބަރު ދޫކުރާނީ މެންދުރު 11:30 އިން މެންދުރު 12:00 އަށް ކަމަށާއި އެ ނަންބަރުތަކަށް ހިދުމަތް ދޭނީ މެންދުރު ފަހު 13:15 އިން 15:00 އަށެވެ.
މީގެ އިތުރުން ސަބްމިޝަން ރިސިޓްގައި ހިމެނޭ ޕީ.ޕީ.އެޗް ނަންބަރ އަދި ބޮކްސް ނަންބަރު ޖެހުމަށްފަހު ސަބްމިޝަން ރިސިޓް އަޕްލޯޑް ކޮށްލުމުން ނަންބަރު ނެގޭނެ ކަމަށް އިމުގްރޭޝަނުންބުނެއެވެ. އަދި އެއް ޕީ.ޕީ.އެޗް ނަންބަރު ނުވަތަ އެއް ބޮކްސް ނަންބަރަށް ވުރެ ގިނައިން ވެސް އެ ބައިގައި ޖެހޭނެކަމަށް އެ މުވައްސަސާއިން ނެރުނު ބަޔާނުގައި ވެއެވެ.
މީގެކުރިން އިމިގްރޭޝަންއިން ބުނީ އެ މުވައްސަސާއިން މަޤްސަދަކީ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ވީހާވެސް އަވަސް، ލުއިފަސޭހަ ހިދުމަތްތަކެއް ހޯދޭނެ މަގު ފަހިކޮށްދީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށެވެ.