ވިއްސާރަވާނެ ކަމަށް ލަފާކޮށް ބ.އަތޮޅުން ފެށިގެން ވ.އަތޮޅާއި ހަމައަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން އޮރޭންޖް ސަމާލު ނެރެފިއެވެ.

މެޓުން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށެވެ.

މީގެއިތުރުން އެ އިދާރާއިން ބުނެފައިވަނީ މި ވަގުތުގެ ތެރޭގައި އެ ސަރަހައްދުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލަށް ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ކަނޑުތައްވެސް ވަރަށް ގަދަވާނެކަމަށެވެ.

އިއްޔެގެ ވަގުތެއްގައިވެސް މެޓުން ވަނީ މި ސަރަހައްދަށް އޮރަންޖް ސަމާލުނެރެފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މެޓްއޮފީހުގެ އިތުރުން، ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފުނވެސް ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.