ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން ވެސް އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ބުނެފިއެވެ.

މެޓުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރުމިނުގައި ބާރުމިނުގައިވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެއަތޮޅުތަކަށް ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދު ބާރުމިނުގައި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައިވައިޖެހޭނެ ކަމަށެވެ.

މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓުން ބުންޏެވެ

ހަމައެއާއެކު، ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައިކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.\

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. ގޮއިދޫއަށެވެ. އެއީ 28.3 މިލިލީޓަރުގެ ވާރޭއެވެ.