މޯލްޑިވްސް ޕޯސްޓުން ޚާއްސަ ސަރވޭއެއް ކުރުމަށް ނިންމައި އެކަން އިއްޔެ އިފްތިތާހު ކޮށްފިއެވެ. ސަރވޭ އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިޔުއެސްސީ ޗެއާމަން އަހުމަދު މައުސޫމެވެ.

"ނެޝަނަލް ސަރވޭ އޮން ޕޯސްޓަލް ބެންކިންގ" ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ސާވޭ އަކީ މޯލްޑިވްސް ޕޯސްޓުން ފޯރުކޮށްދޭ ފައިނޭންޝަލް ސަރވިސަސް ފުޅާކުރުމާއި އެ ކަމަށް އޮތް ފުރުސަތުތައް ދިރާސާކޮށް ދެނެގަތުމަށް ކުރާ ކަމެކެވެ.

މި ސަރވޭ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ފެބްރުއަރީ 15 އިން މާރިޗުގެ މަހުގެ 15 އަށް ކަމަށް މޯލްޑިވްސް ޕޯސްޓުން ވިދާޅުވިއެވެ. މިއާ އެކު އެތަނުން ވަނީ ސާވޭ ފޯމުވެސް އާންމު ކޮށްފައެވެ.

މި ސަރވޭގެ ބޭނުމަކީ ޕޯސްޓަލް ބޭންކިންގެ ހިދުމަތް ރާއްޖޭގައި ތައާރަފް ކުރުމުގައި ހުރި ފުރުސަތުތައް ބަލާ އެއަށް ބޭނުންވާ މައުލޫމާތު ހޯދާ ރާއްޔިތުންގެ ހިޔާލު ހޯދުމެވެ. ވީމާ، މިސާރވޭގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް މޯލްޑިވްސް ޕޯސްޓުން އެދިވަޑައިގަންނަވައެވެ.