ހދ. ގެ ބައެއް ރަށްތަކަށް މިރޭގެ ވަގުތެއްގައި ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓްކޮށްފައިވާ ކަމަށް ގައުމީ މޫސުމާއި ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓުން މިހެން ބުނެފައިވަނީ މިރޭ "އެކްސް" ގައި އާއްމުކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި މެޓުން ބުނެފައިވަނީ އެ އަތޮޅު ހަނިމާދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް ރާއްޖެގަޑިން މިރޭ 08:27 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

ނަމަވެސް މި ލޮޅުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާނުކުރެވޭ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.