ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ސްރީލަންކާއަށް ކުރަައްވަމުން ގެންދަވާ ރަސްމީ ދަތުރުގައިއެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައާ ރޭ ބައްދަލުކުރައްވައިފިއެވެ.

އެމަނިކުފާނު ވަނީ މިކަން ހާމަކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

މި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ލަންކާއިން، ރާއްޖެއަަށް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދެގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާތަކެއް ކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާތަކެއް ކޮށްފައިވެއެވެ. އަދި ލަންކާގެ ރައީސް ރަނިލް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަން ފާހަގަކޮށް އެ ކަމަށް ޝުުކުރު އަދާކުރައްވާފައިކަމަށެވެ.

މިނިސްޓަރު ޒަމީރު ލަންކާއަށް ވަޑައިގެންނެވީ އެ ގައުމުގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް، ތިން ދުވަހަށެވެ. އެމަނިކުފާނުގެ މި ރަސްމީ ދަތުރުފުޅަކީ، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ސްރީލަންކާއަށް ކުރެއްވި ފުރަތަމަ ދަތުރެވެ.