ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑަށް އެދި ހުށައެޅުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހަށް ވާ ހޯމަ ދުވަހަށް ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން "އެކްސް" ގައި ހާމަކުރި ގޮތުގައި, ކޮންމެ އަހަރަކު 5 ޕްރޮޖެކްޓަކަށް 200,000 ރުފިޔާގެ ފައިސާ އެހީ ދިނުމުގެ ނިޔަތުގައި އިފްތިތާހު ކުރި މި ބޭންކު ފަންޑަށް އެދި ހުށައެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ބީއެމްއެލްއިން ވަނީ ބޭންކް ފަންޑަށް އެދި ހުށައެޅުމަށް ބޭނުންވާ ލިންކު އެކްސްގައި ހިއްސާ ކުރައްވާފައެވެ. މި ބޭންކު ފަންޑަށް އެދި ހުށައެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ކުރިއަށް ގެންދާ ޖަމިއްޔާ ތަކަށެވެ.

ބީއެމްއެލްއިން ބުނާ ގޮތުގައި ކޮންމެ އަހަރަކު ތައުލީމާއި ތިމާވެށްޓާއި ކުޅިވަރުގެ އިތުރުން މުޖުތަމައު ކުރިއެރުވުމަށް ހިންގާ 5 ޕްރޮޖެކްޓަކަށް 200,000 ރުފިޔާގެ އެހީއެއް މި ފަންޑުގެ ދަށުން ލިބިގެންދާނެއެވެ.