މިފަހަރުގެ ބައި އިލެކްޝަންއަށް ތައްޔާރު ވުމުގެ ގޮތުން ތިން ރަށެއްގެ އިންތިހާބަށް ވޯޓު ކަރުދާސްތަށް ޕްރިންޓު ކޮށް ނިންމައިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން (އީސީ)ން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ނެރެފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީ ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ. ގަމު ކައުންސިލްގެ މެންބަރު އަދި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕުކޮށްފައިވާ ކަމަށެވެ.

މި ވޯޓު ކަރުދާސްތަށް ޕްރިންޓުކޮށްފައިވަނީ ރާއްޖޭގެ ޗާޕުހާނާއެއް ކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންނެވެ.

އެގޮތުން މިފަހަރުގެ ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން ގައި ވޯޓުލުމަށް ޕްރިންޓު ކޮށްފައިވަނީ 2398 ވޯޓު ކަރުދާހެވެ. އަދި ލ. ގަމު ކައުންސިލްގެ މެންބަރު ހޮވުމަށް ބާއްވާ އިންތިހާބަށް ޕްރިންޓުކޮށްފައިވަނީ 3671 ވޯޓު ކަރުދާހެވެ. އެންމެ މަދުން ވޯޓު ކަރުދާސް ޕްރިންޓު ކޮށްފައިވަނީ މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށެވެ. އެއީ 1332 ވޯޓު ކަރުދާހެވެ.