މި ފަހަރު ފަންޑުފޮށި ބެހެއްޓުމުގައި އިސްކަންދީފައިވާނީ ގިނަ މީހުން ޖަމާވާ ސަރަހައްދުތަކަށް ކަމަށް ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ ޒީނާާ ޒާހިރު ވިދާޅުވެއްޖެއެވެ.

ޒީނާ މިހެން ވިދާޅުވީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިފަހަރު މާލޭގެ ސަރަހައްދުތަކުގައި ފަަލަސްތީނަށްޓަކައި ޖުމްލަ 13 ފަންޑު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ޒީނާ ޒާހިރު އިތުރަށް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްކައިރީގައި ފަންޑުފޮށްޓެއް ބަހައްޓާފައިވާނެ ކަމަށާއި މާލޭގައި ވެސް ރައްޔިތުން އެންމެ ގިނައިން ރައްޔިތުން އެއްވާ ސަރަހައްދުތަަށް ކަމަށްވާ ވެލާނާގެ، ސްޓެލްކޯ އަދި އެސްޓީއޯ ފަދަ ތަންތަން ކުރިމަތީގައި ބަހައްޓާފައިވާނެ ކަމަށެވެ.

މީގެއިތުރުން ޕީއެސްއެމްގެ ގޯތި ތެރޭގައި ވެސް ފޮށްޓެއް ބަހައްޓާފައި ހުންނާނެ ކަމަށް ޒިނާ ވިދާޅުވިއެވެ.

"ދިވެހިން ފަލަސްތީނާއެކު" ގެ ނަމުގައި ޕީއެސްއެމް މީޑިއާއިން ވަނީ ޓެލެތޯން އެއް ބޭއްވުމަށް ނިންމަވާފައެވެ. މި ޓެލެތޯންގައި ޕީއެސްއެމް އިން ވަނީ ފަލަސްތީނަށް ފަންޑުކުރުން މައިގަނޑު މަގްސަދެއް ކަމުގައި ހަދާފައެވެ.