ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެން ކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

މި މަހު 8 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި މީހަކު ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ވަނީ ފެނިފައެވެ. ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާގެ ކިބައިން މަސްތުވާ ތަކެތި ކަމަށް ބެލެވޭ ޖޫސްޕެޓީ ސައިޒުގެ ދެ ކޮތަޅު ފެނިގެންނެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ