ކުނި ނައްތާލުމަށް ކުރާ މަސައްކަތުގެ ދަށުން ރަށްރަށުގައި އުފެދިފައިހުރި ޒަމާންވީ ކުނި ނައްތާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން އެކިއުމިކޭޓަޑް ވޭސްޓް ކްލިއަރިންގެ ނަމުގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓުގެ ދަށުން އެ ކުންފުނިން ވަނީ މާލެ އަތޮޅު ގުރައިދޫ އާއި، ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކުގެ އިތުރުން ހދ.ކުޅުދުއްފުށީގައި އުފެދިފައިވާ ގިނަ ދުވަސްވީ ކުނިތައް ނައްތާލުމުގެ މަސައްކަތް ފަށާފައެވެ.

ވެމްކޯއިން ބުނެފައި ވަނީ މިހާތަނަށް ހދ. ކުޅުދުއްފުށިން 400 ޓަނަށްވުރެ ގިނަ ކުނި ނަގާފައިވާ ކަމަށެވެ. އަދި އެ ކުނީގެ ތެރޭގައި ހުރި ބޭނުން ކުރެވޭ ދަގަނޑުގެ ބާވަތްތައް ސާފުކޮށް ނައްތާލުމަށް އެ ރަށަށް އިތުރު ވެސަލްއެއް ގެންދިއުމުގެ މަސައްކަތް ކުރިޔަށްގެންދާކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ.

އަދި އެ ޕްރޮޖެކްޓުގެ ދަށުން، ކ. ގުރައިދޫގައި ހުރި އެ ފަދަ ކުނި ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އެ ރަށުން 25،000 ޓަނުގެ ކުނި ނެގޭނެކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފުވައްމުލަކުގައި ޖަމާވެފައި ހުރި ކުނިތައް ނެގުމަށް ބޭނުންވާ ވެސަލް ވެސް އެ ރަށަށް މިއަދު ދާނެކަމަށް ވެމްކޯއިން މައުލޫމާތު ދެއެވެ.