މާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަ ކޮށްފައިވަނީ 'އެކްސް' ގައި ކޮށްފައިވާ ޕޯސްޓަގައެވެ.

ފުލުހުންގެ ޕޯސްޓްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުންދަނީ މާލެ/ މ. އެނބޫމާގެއާގެ، ހަދީޖާ ޔަލްވީ (14އ) ކަމަށެވެ.

ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

މީގެއިތުރުން ފުލުހުން ވަނީ ޔަލްވީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ 9790163 އަށް ގުޅުއްވައި ހިއްސާކުރުމަށްވެސް އެދިފައެއެވެ.