ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 13:15 ން ފެށިގެން އިރުއޮއްސި 18:00 އާ ހަމައަށެވެ.

އެ އިދާރާއިން ވަނީ އެވަގުތު ތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްފައެވެ.

އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ވަނީ ލަފާކޮށްފައެެވެ.