ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވައިފިއެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ޖަގަހަ ހުޅުއްވައިދެއްވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ރަސްމިއްޔާތުގައި ޖަގަހަ ހުޅުވައިދެއްވުމުގެ ކުރިން ރައީސް ވަނީ ޖަގަހައިގައި ޕީއެންސީގެ ދިދަ ނަންގަވައިދެއްވާފައެވެ.

އަދި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންގެ އިތުރުން ސިޔާސީ އިސް ސަފުގައި ފާހަގަކޮށްލެވޭ އެހެން ލީޑަރުންވެސް މިރޭގެ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވާފައިވަނީ އާޓިފިޝަލް ބީޗް ކުރިމަތި، ހ.ވެޔޮވިލާގައެވެ. މިއީ މީގެކުރިން ދަ ޑިމޮކްރެޓިކްސްއާއި އެމްޑީޕީގެ މައި ހަރުގެ ވެސް ހިންގި ތަނެވެ.