ފެނަކައިން އެސްއެމްއެސްއިން ކަސްޓަމަރުންނަށް ބިލު ހަވާލުކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ފެނަކައިން ހާމަކުރާ ގޮތުގައި ޖޫން މަހުގެ 25 (މިއަދު) އިން ފެށިގެން ޕްރިންޓު ކުރެވިފައިވާ ބިލް ހަވާލު ކުރުމުގެ ބަދަލުގައި ކޮންމެ ކަސްޓަމަރަކަށް ވެސް ބިލު ލިބޭނީ, އެ ކަސްޓަމަރަކު ކުންފުނީފައި ރަޖިސްޓްރީ ކުރައްވާފައިވާ ފޯނު ނަމްބަރަށް ކުރާ އެސްއެމްއެސްއެއްގެ ޒަރިއްޔާއިންނެވެ.

ފެނަކައިން ވަނީ, މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އެސްއެމްއެސް ނުލިބޭ ކަސްޓަމަރުން ހިދުމަތް ހޯއްދަވާ ބްރާންޗަށް ގުޅުއްވައިގެން ބިލް ހޯއްދެވުމަށް އިލްތިމާސް ކޮށްފައެވެ.

އެސްއެމްއެސް ޒަރިއްޔާއިން ބިލް ހަވާލުކުރަން ފެނަކައިން ނިންމި ނިންމުމަކީ ކަސްޓަމަރުންނަށް ވީހާ ވެސް އަވަހަށް ބިލު ހަވާލު ކޮށްދިނުމަށް ޓަކައި ނިންމި ނިންމުމެކެވެ.