އުތީމު ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް 25 އަހަރު ދުވަހުގެ މުއްދަތަށް 01 ބިން ކުއްޔަށް ދިނުމަށް އުތީމު ކައުންސިލުން ވަނީ ނިންމާފައެވެ.

އުތީމު ކައުންސިލުން މިފަދައިން ނިނަމްވާ، މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރު ކުރި އިއުލާނުގައި ވިދާޅުވެފައިވަނީ ތެޔޮ ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަތަކުން 08 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެ ކައުންސިލަށް ވަޑައިގެން ބިމަށް އެދޭ ފޯމް ނެންގެވުމަށެވެ. އަދި ބިމަށް އެދޭ ފޯމެއްގެ އަގަކީ -/100ރ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

މި ބިމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށްކަން ވެސް އެ އިދާރާއިން ވަނީ ފާޙަގަ ކުރައްވާފައެވެ.

މީގެއިތުރުން، މިކަމަށް އެދި ހުށަހަޅާ ފޯމާއި ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 21 ޖުލައި 2024 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކައުންސިލް އިދާރާގައި ކަމަށާއި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ޝެޝަންއެއް ނޯންނާނެ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ. އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާ ނަމަ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އަށް މިކައުންސިލްގެ ނަންބަރު 6500038 އަށް ގުޅައިގެން އެކަމެއް ސާފުކުރެއްވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.