މިއަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ވެސް އައީ ޓްރެވެލް ވެކްސިން ފުރިހަމަކޮށްގެން ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަން އިން ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 1445 ވަނަ އަހަރު ޙައްޖަށް ދިޔަ ހުރިހާ މީހުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައީ ސައުދި އަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

އެގޮތުން ފުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޓްރެވެލް ވެކްސިން ކަމުގައިވާ، ޕޯލިއޯ، މެނިންގޖައިޓިސް އަދި އިންފްލުއެންޒާ ވެކްސިން ހުރިހާ ޙައްޖުވެރިންވެސް ފުރިހަމަ ކޮށްފައިވާނެކަމަށް ހައްޖު ކޯޕަރޭޝަން އިން ބުންޔެވެ. ހައްޖު ކޯޕަރޭޝަނުން އިތުރަށް ބުނީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކޯޕަރޭޝަންގެ މެނޭޖްމެންޓުން އެންމެ ޚާއްސަ ސަމާލުކަމެއްދޭ ކަންތައް ކަމަށެވެ.

ޙައްޖު ކޯޕަރޭޝައިން މި ބަޔާން ނެރެފައިމިވަނީ ރާއްޖެއިން ނުރައްކާތެރި ބައްޔެއްކަމަށްވާ މެނިންޖައިޓިސްގެ ކޭސް އެއް އިއްޔެ ރާއްޖެއިން ފެނފައިވާތީއެވެ.