އައްޑޫ ސިޓީ ހުޅުމީދޫ، މިޔާހް ފެކްޓްރީ ފަހަތުގައި އޮންނަ ވަލު ތެރޭގައި ހުރި ތާރުތަކެއްގައި ރޭގަ ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން އިން ނިއްވާލައިފައިވެއެވެ.

އެމްއެންޑީއެފްއިން ބުނާގޮތުގައި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ ރޭ 13؛19 ހާއިރުއެވެ. އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

މިގޮތުން، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ވަލުތެރޭގައި ރޯވި އަލިފާން ނިއްވާލެވުނީ ރޭ 20:11 ހާއިރުއެވެ. އަދި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.