ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ށ. ފުނަދޫ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ފުލުހުން ހޯދަނީ އަޙްމަދު ޙުސައިން، ށ. ފުނަދޫ / ދިލްކުޝާ (48އ) އެވެ.
ފުލުހުން ބުނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މައްސަލައެއްގެ އަޙްމަދު ޙުސައިން ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.
އަދި އޭނާ ހާޒިރުވާން ޖެހޭނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 ޖުލައި 1 ވަނަ ދުވަހުގެ 10:00 އަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.