މަކަރާ ހީލަތުން މީހެއްގެ އަތުން ޑޮލަރު ނަގާފައިވާ ދެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

މި މައްސަލައިގައި ހޯދުމަށް ފުލުހުން އިއުލާނު ކުރީ ހދ. ކުޅުދުއްފުށި/ޗާނދަނީގެ, 34 އަހަރުގެ މުހައްމަދު ފާރިހްއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާ ހީލަތުގެ މި މައްސަލައިގެ ތަހުގީގަށް ފާރިހް ހާޒިރުކުރަން ބޭނުންވިއަސް, އުޅޭ ތަނެއް ނޭނގޭތީ ފުލުހުން ވަނީ ތަހުގީގަށް ހާޒިރުވުމަށް އަންގާ އެކަން އިއުލާނުކޮށްފައެވެ.

ފުލުހުން ވަނީ, 4 ޖުލައި ވާ ދުވަހުގެ 10:00 ގެ ކުރިން ހުޅުމާލެ ދެވަނަ ފިޔަވަހީ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފާރިހަށް އަންގާފައެވެ.