ބައިނަލްއަގްވާމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ނެޓްވޯކިން ސެޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.

މި ސެޝަނަކީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން އަދި ކުޅުދުއްފުށު ސިޓީ ކައުންސިލުން ކުރިއަށް ދާ ސެޝަނެކެވެ.

މި ސެޝަން އޮންނަނީ 27 ޖޫން ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ކުޅުދުއްފުށި ސިޓީގެ އެން.އޯ.ސީ ހޯލުގައެވެ. މި ސެޝަނުގައި ބައިވެރިވުމަށް ފުރަން ޖެހޭ ފޯމު, ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.

މި ސެޝަނަކީ ވިޔަފާރިކުރުމުގެ ދާއިރާއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހިލޭ ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ސެޝަނެކެވެ.