ކުޑަކުދިން ހިމާޔަތް ކުރުމަށާއި އެކުދިންގެ ހައްގުތަށް ދެމެހެއްޓުމަށްޓަކައި ’ޗައިލްޑް ސޭފް ޓުއަރިޒަމް ޓްރެއިނިންގ ޕްރޮގްރާމް'' ކުރިއަށް ގެންގޮސްފިއެވެ.

ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޓުއަރިޒަމް ދާއިރާގެ ތެރެއިން ކުޑަކުދިން ރައްކާތެރިކުރާނެ ގޮތްތަކާއި، ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދީފައި ވެއެވެ. މީގެއިތުރުން، ރާއްޖެއަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރާ ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށާއި، ކަމެއް ދިމާވެއްޖެ ހާލަތުގައި އަމަލުކުރާނެ ގޮތާއި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތުދީފައި ވެއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މާލެ އޭރިއާގައި މަސައްކަތްކުރާ ފްރަންޓްލައިން ފުލުހުންގެ ތެރެއިން 28 ފުލުހުން ބައިވެރިވިއެވެ.