ނަޑެއްލާ ސްކޫލު ދަރިވަރުންނަށް ހާއްސަކޮށްގެން ފުލުހުންގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ގދ. ނަޑެއްލާ ސްކޫލުގެ ގްރޭޑް 6 އިން ފެށިގެން މަތީގެ ގްރޭޑް ތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދީފައިވަނީ ފިޔޯރީ ޕޮލިސް ސްޓޭޝަނާއި ރަތަފަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެންނެވެ.

މި ޕްރޮގްރާމުގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް މައުލޫމާތުދިނުމާއެކު ދަރިވަރުންގެ މެދުގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެ ދަރިވަރުންނަކީ ކުޅިވަރާއި ކަސްރަތުކުރުމުގެ ފުރުސަތު ވެސް އޮތް ކުދިންކަން ބުނެދީ ކަސްރަތާއި ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތުދީފައި ވެއެވެ.

މީގެއިތުރުން ބެލެނިވެރިންނާއި ދަރިވަރުންގެ މެދުގައި އޮންނަ ގުޅުމާއި އާއިލާ ތެރޭގައި އޮންނަ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް މައުލޫމާތުދީފައި ވެއެވެ. މި ޕްރޮގްރާމްގެ ތެރެއިން، ދަރިވަރުންނަށް އުނދަގޫވާ ބައެއް ކަންކަމާއި ހައްލު ބޭނުންވާ ކަންކަން ދަރިވަރުން ފުލުހުންނާ ހިއްސާކޮށްފައިވެއެވެ. އަދި އެ ކަންކަން ހައްލުކުރާނެ ގޮތްތައް އެ ދަރިވަރުންނަށް ބުނެދީފައިވެއެވެ.