ވިއްސާރަވުމުގެ ސަބަބުން ފަރެސްމާތޮޑާ އެއާރޕޯޓްގެ ޓާރމިނަލް ތެރެއަށް ބޯކޮށް ވާރޭވެހި ބޭނުންނުކުރެވޭވަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިވަގުތުގެ އެއާރޕޯޓްގެ ހާލަތު ހުރި ގޮތުން މެޝަނަރީސްތަށްވެސް ވަނީ ބޭނުން ނުކުރެވޭ ވަރުވެފައެވެ. އެހެންކަމުން ޗެކިން އަދި ބޯޑީން ވަގުތީގޮތުން އެއާޕޯޓްގެ އޮފީސް އިމާރާތަށް ވަނީ ބަދަލުކޮށްއެވެ.

މި ކަމާގުޅިގެން ''ހަލިނިއުސް'' އަށް ފަރެސްމާތޮޑާއިން މީހަކު މައުލާމާތު ދިންގޮތުގައި ރައީސް ސާލިހުގެ ސަރުކާރުން ފަރެސްމާތޮޑާ އެއާރޕޯޓްގެ ޓާރމިނަލް ހެދިފަހުން މާގިނަ ދުވަސް ތަކެއް ނުވަނީސް ވިއްސާރަވެ ބޯކޮށް ވާރޭވެހޭ ކޮންމެ ފަހަރަކު އެއާރޕޯޓްގެ ޓާރމިނަލް ތެރެއަށް ވާރޭ ވެހޭކަމަށް ބުނެފައިވެއެވެ. ނަމަވެސް މިފަހަރު ވާރޭވެހުނުލެއް ބޯކަމުން ބޭނުން ނުކުރެވޭ ވަރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޓަރމިނަލްއިން ކަރަންޓްގެ ހިދުމަތްވެސް މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ.

އަދި ޗެކިން އަދި ބޯޑީން ވަގުތީގޮތުން އެއާރޕޯޓްގެ އޮފީސް އިމާރާތަށް ބަދަލުކުރުމުގައި ފަރެސްމާތޮޑާ އެއަރޕޯޓްގެ ހީވާގީ މުވައްޒަފުން ދެއްކެވި ރީތި ނަމޫނާވެސް ފާހަގަކޮށް އެނާ ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ހަމައެއާއެކު މިކަމުގެ މައްސަލަ ކަމާބެހޭ މި ސަރުކާރުގެ ކަމާބެހޭފަރާތް ތަކަށް އަންގާފައިވާނެ ކަމަށާއި ވީ އެންމެ އަވަހަކަށް އެބޭފުޅުންގެ އެހީތެރިކަން މިކަމަށް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާކަމަށްވެސް އެނާ ބުންޏެވެ.

މީގެއިތުރުން މިކަން މިހެން ދިމާވާންޖެހުނީ ރައީސް ސާލިހުގެ ސަރުކާރުގެ ދޯދިޔާ ކަމުގެ ސަބަބުން ކަމަށް ބުނެ އޭނާ ވަނީ އެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެސަރުކާރުން ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވައިފައިވަނީ މިދިޔަ އަހަރުގެ މާޗްމަހުގައެވެ.