ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަންއާއެކު ބޮޑެތި އިނާމުތައް ހޯދުމުގެ ފުރުސަތު އެބޭންކުގެ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ބީއެމްއެލްއިން ވިދާޅުވީ މިހާރު ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ބޭރު ޤައުމުތަކުގެ ބޭންކު އެކައުންޓުތަކަށް، ފައިސާ ނަގާ އޭޖެންޓުންނަށް ނުވަތަ ޑިޖިޓަލް ވޮލެޓްތަކަށް އެމީހުންގެ ޔޫއެސްޑީ އެކައުންޓު ނުވަތަ ޔޫއެސްޑީ ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ މެދުވެރިކޮށް ފައިސާ ފޮނުވޭނެކަމަށެވެ.

ޕްރޮމޯޝަނަލް މުއްދަތުގައި، އެއީ ޖުލައި 8 އިން ސެޕްޓެމްބަރ 7 އަށް، ކޮންމެ ހަފްތާއަކު 5 ކަސްޓަމަރަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއް ކާމިޔާބުކުރުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެ ކަމަށް އެ ބެންކުން ވިދާޅުވިއެވެ.

ޕްރޮމޯޝަނަލް މުއްދަތުގައި އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ ޚިދުމަތް މެދުވެރިކޮށް 100 ޔޫއެސް ޑޮލަރަށްވުރެ މަތީ އަދަދެއްގެ ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށްވެސް ބީއެމްއެލްއިން އިތުރަށް ވިދާޅުވިއެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބީއެމްއެލްގެ ވެބްސައިޓަށް ޒިޔާރަތްކުރައްވާށެވެ.