ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ކަމަށް އެ މަސައްކަތް ކުރަމުންދާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އަދި ރިވެޓްމެންޓް ޕްރޮފައިލިންގ މަސައްކަތުގެ 81 ޕަސެންޓާއި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، 25,500 ކިއުބިކް މީޓަރުގެ ސަރަހައްދުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 5,433 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، 5,085 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 658 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 173 މީޓަރުގެ ބޭރުތޮށި ލުން ހިމެނެއެވެ.

އަދި 402 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1,810 އަކަ މީޓަރުގެ ބަނދަރު ޕޭވްކުރުމާއި، 2 ރޭމްޕެއް ހެދުމާއި، 80 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުންފައިވެއެވެ.

މި މަޝްރޫއަކީ 51.44 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.