ބ. މާޅޮސް ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 54 ޕަސެންޓް ނިމި، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 40 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރަމުން ދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން:

  • 7,512 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
  • 36,527 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުން
  • 882 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
  • 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން
  • 370 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން
  • 376 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
  • 266 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ރޭމްޕެއް ހެދުން
  • 100 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން
  • 1475 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން
  • އަދި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ ސަރުކާރުން ހިންގާ 69.4 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.