ކުޅުދުއްފުށި ސިޓީގައި "މަސައްކަތްތެރިންނާއި ކުދި ވިޔަފާރިތަކުގެ ފައިނޭންސިން ސްކީމް" ގެ ނަމުގައި ސްކީމެއް ތައާރަފުކުރަން އެ ސިޓީގެ ކައުންސިލް އިދާރާއިން ނިންމައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކުރާ ގޮތުގައި މި ސްކީމަކީ އެ ސިޓީގަަި މަސައްކަތްތެރިން އިތުރުކުރުމަށާއި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށާއި ކުދި ވިޔަފާރިތައް ފުޅާ ކުރުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފު ކުރާ ސްކީމެކެވެ.

މި ސްކީމުގެ ދަށުން ފައިސާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި ސްކީމަށް އެދި ހުށައަޅާ ފޯމުގެ އިތުރުން އެ ފޯމާއެކު ހުށައަޅަން ޖެހޭ ބިޒްނަސް ޕްރޮޕޯސަލްގެ ޓެމްޕްލޭޓް ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން ދިވެހި ސަރުކާރުގެ ގެޒެޓުގަައި އާއްމުކުރި އިއުލާނުން ލިބިގެންދާނެއެވެ.

ސްކީމަށް އެދި ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 15 އޮގަސްޓު ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ޓަކައި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ފޯނު 6527153 ނުވަތަ 6527165 އަށް ގުޅުއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.