ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދާކަމަށް ފުލުހުން ބުނެފިއެއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައެވެ.
ފުލުހުން ބުނީ އެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން އެ ދަރިވަރުންނަށް ފަރުވާ ދެމުން ދާއިރު މި ކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް ބަލަމުންދާ ކަމަށެވެ.
ފަރުވާ ދެމުންދަނީ ކިތައް ދަރިވަރުންނަށް ކަމެއް ފުލުހުން ނުބުނެ އެވެ.